English Edition
Dhivehi Edition
'އެމްއެސްއެސް އޯޕަލް' ފޮޓޯ: އެމްއެސްއެސް

މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) އިން ޓްރާންސްޝިޕްމަންޓުގެ ހިދުމަތް ދިނުމަށް ގަނެފައިވާ ‘އެމްއެސްއެސް އޯޕަލް’ ގެ ދަތުރުތައް އައްޑޫ ސިޓީއަށް ފަށައިފިއެވެ.

އެމްއެސްއެސް އޯޕަލްގެ ފުރަތަމަ ދަތުރުގައި، އައްޔެ އައްޑޫ ސިޓީ ޕޯޓްގައި އެ ބޯޓު ބަނދަރުކޮށްފައިވާއިރު އެމްއެސްއެސް އިން ބުނީ މި ބޯޓުން، ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް އައްޑޫއަށް މުދާ ގެނެވޭނެކަމަށެވެ

ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ މި ބޯޓް ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ، އަދި މާލެއަށެވެ. ބޯޓުގެ ދަތުރުތަކަށް ބުކް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މި އުޅަނދުން ރާއްޖެއިން ބޭރުން ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑޫއަށް ގެންދެވޭނެއެވެ. އަދި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑުއަށް ގެންދިއުމުގެ އިންތިޒާމުތައްވެސް ވަނީ ހަމަޖެހިފައެވެ.

އެމްއެސްއެސް އޯޕަލްއަކީ 20 ރީފާ ކޮންޓެއިނަރު ހިމެނޭހެން ޖުމްލަ 105 ކޮންޓެއިނަރު އުފުލޭ ބޯޓެކެވެ. މި ބޯޓުގެ ދިގުމިނުގައި 67.2 މީޓަރު ހުރެއެވެ.