އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ކަނޑައަޅައި، އެކަން އިއުލާނުކޮށްފިއެވެ.
ރައީސް އޮފީހުން ކުރި އިއުލާނުގައިވަނީ 2023 ވަނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 8 ޑިސެންބަރު 2022 ގައި ނެރުއްވި ދެންނެވުމުގައި މި ސެޕްޓެމްބަރު މަހުގެ 28ވާ ބުރާސްފަތި ދުވަސް ހިމަނުއްވައިފައިވާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށެވެ.
ރައީސް އޮފީހުން މި ގޮތަށް ނިންމާފައިވާއިރު مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އީދުމީލާދާ ގުޅިގެން މި މަހުގެ 27 ވާ ބުދަ ދުވަހަކީވެސް ރަސްމީ ބަންދު ދުވަހެކެވެ.
މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެންވެސް 10 އަދި 11 ސެޕްޓެމްބަރަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސާފައެވެ.