English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

މާލޭގެ ގެސްޓްހައުސްއެއްގެ ތަކެއްޗަށް ގެއްލުންދިން މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކު ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެ މީހުންނަކީ ވެސް ދިވެހި ދެ ފިރިހެނުން ކަމަށެވެ.

އިތުރަށް ފުލުހުން ވަނީ މި މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ.

ހެންވޭރުގައި ހުރި ގެސްޓްހައުސްއެއްގެ ތަކެއްޗަށް ގެއްލުންދިން މައްސަލައިގެ ވީޑިއޯ މިހަރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ވީޑިއޯތަކުން ފެންނަ ގޮތުގައި އޭސީ އައުޓްޑޯ ޔުނިޓް މައްޗަށް އަރާހުރި މީހާ އިމާރާތައް އެރުވުމަށް ފުލުހުން މަސައްކަތް ކުރަމުންދާ މަންޒަރު ފެނިގެންދެއެވެ.

ޓެގު