English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ހިންދޫ ދީނުގެ ހާމުދުރެއްގެ ދީނީ ދަރުހެއް މާލޭގައި ބާއްވަން ނިންމައި އެކަމުގެ އިޝްތިހާރުތައް ކުރަމުން އަންނާތީ އެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށައަޅާފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑީއާގައި ހިންދޫ ދީނުގެ ހާމުދުރެއްގެ ދަރުސް މިއަދާއި މާދަމާ މާލޭގެ ހޮޓަލެއްގައި ކުރިއަށް ގެންދިއުމަށް ނިންމާ އެކަމުގެ އިޝްތިހާރުތައް އަންނަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވީ މާލޭގެ ހޮޓަލެއްގައި “ސްޕްރިޓުއަލް ހީލާ”ގެ ނަމުގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި ޚިލާފް އަމަލުތަކެއް ހިންގަން އިޝްތިހާރު ކުރާ ކަމުގެ މަޢުލޫމާތު ލިބިގެން އެމައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާކަމަށެވެ.

ޓެގު