English Edition
Dhivehi Edition

ހުޅުމާލެ އިން ދިވެހި ފިރިހަނަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ހއ. ބާރަށް / ސައިނިންގސްޓަރ، މުޙައްމަދު ތަޢުފީޤު (35އ) ކަމަށެވެ.

ފުލުހުން ބުނީ އޭނާގެ ހަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 1:35 ހާއިރުކަމަށެވެ. ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު 11:00 ހާއިރު ހުޅުމާލެ ފޭސް 2 ގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުންކަމަށެވެ.

ފުލުހުން ވަނީ މުޙައްމަދު ތަޢުފީޤުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.

ޓެގު