އެކުވެރި ޢަރަބި ޢިމާރާތުގައި ހުންނަ ދުނިޔޭގެ އެންމެ އުސް ޢިމާރާތް “ބުރުޖް ޚަލީފާ” މިރޭ އިންޑިއާ ދިދައިން ދިއްލާލައިފިއެވެ.
އެޢިމާރާތުގެ އެންމެ ތިރިން އެންމެ އުސް ކުންނާހަމައަށް ދިވެހި ދިދައިން ދިއްލާލާފައިވަނީ އިންޑިއާގެ 77 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެގޮތުންނެވެ.
ދުނިޔޭގެ އެކި ޤައުމުތަކަށް އަންނަ އެކިކަހަލަ މުނާސަބާތަކާއި ޙާދިސާތަކާ ގުޅިގެން އެކަން ފާހަގަކުރުމަށް “ބުރުޖު ޚަލީފާ” އެޤައުމުތަކުގެ ދިދަތަކުން ދިއްލުމަކީ މިހާރަކަށް އައިސް ކުރަމުން އަންނަ ކަމެކެވެ.
“ބުރުޖް ޚަލީފާ” މިރޭ އިންޑިއާ ދިދައިން ދިއްލުމާއެކު، ގިނަ ބައެއްގެ ސަމާލުކަން މިވަނީ އިންޑިއާއަށް ލިބި ސޯޝަލް މީޑިއާގައިވެސް އިންޑިއާ ޓެގް ވައިރަލް ވެފައެވެ.
އިންޑިއާގެ މިނިވަން ދުވަހާއި ގުޅިގެން ދުބާއީގެ ރަސްގެފާނު ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިޔާއަށް ފޮނުއްވާފައެވެ.
އިންޑިއާގައި އެޤައުމުގެ 77 ވަނަ މިނިވަން ދުވަސް ފާހަގަ ކުރަމުންދާއިރު ، ޚަލީފާ ބުރުޖުގައި އެޤައުމުގެ ދިދައިގައި ހިމެނޭ ފެއްސާއި ހުދާއި އޮރެންޖް ގެ ކުލަތަކުން ދިއްލުމުގެ އިތުރަށް މަޚާތުމާ ގާނދީގެ ފޮޓޯއެއް ދައްކާލުމާއެކު 77 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާގެ މެސެޖެއް ގެނެސްދީފައި ވެއެވެ. އެއާއެކު އިންޑިއާ އާއި ޔޫއޭއީއާއި ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުން ރަމްޒު ކޮށް އިންޑިއާ ދިދައިގެ ސްލޯގަން ގެ ގޮތުގައި ބޭނުންކުރާ ” ހަރް ގަރް ތިރަންގާ ، ޖައި ހިންދު ” މި ޖުމްލަ ހިންދީ ބަހުން ލިޔެ ދިއްލާލާފައިވެއެވެ.
އެކުވެރި އަރަބި ޢިމާރާތުގެ ވެރިރަށް ދުބާއީގައި ހުންނަ ބުރުޖް ޚަލީފާއަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ އުސް ޢިމާރާތެވެ. މިޢިމާރާތުގެ އުސްމިނުގައި 829.8 މީޓަރު ނުވަތަ 2,722 ފޫޓު ހުރެއެވެ. ބްރިޖް ޚަލީފާ ޢިމާރާތް ކުރުމުގެ މަސައްކަތް ފެށުނީ 21 ސެޕްޓެމްބަރ 2004 ގައެވެ. 163 ބުރީގެ މި ޢިމާރާތުގެ މަސައްކަތް ނިމި ހުޅުވާފައިވަނީ 4 ޖެނުއަރީ 2010 ގައެވެ.
އިންޑިއާގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން އެޤައުމުގެ އިތުރަށް އެކި ޤައުމުތަކުގެ އެމްބަސީތަކުންވެސް އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.އެގޮތުން އެމްބަސީތަކުގައި އިންޑިއާ ދިދަ ނެގުމުގެ ޙަރަކާތްތަކާއި، މިނިވަންދުވަހުގެ ތަފާތު އިޙްތިފާލުތައް ދަނީ ބާއްވަމުންނެވެ. . ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގައިވެސް މިނިވަން ދުވަސް ފާހަގަކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.