English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ސައްހަނޫން އިންޓަރނެޓް ބޭންކިންގ ސްލިޕްތަކެއް ފޮނުވައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފިހާރައަކުން ރާސްޓަސްކޮށްފައިވާ މައްސަލައަކާ ގުލިގެން ބިދޭސީ އަކު ހޯދުމަށް އިއުލަންކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހައްމަދު އަރުޝަދު މިއާ (35އ)އެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުން ދަނީ ސައްހަނޫން އިންޓަރނެޓް ބޭންކިންގ ސްލިޕްތަކެއް ފޮނުވައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފިހާރައަކުން 17471 ރުފިޔާގެ ރާސްޓަސްކޮށްފައިވާ މައްސަލައިގެތަހުގީގަށް، ސުވާލުކުރުމަށް ކަމަށެވެ. އަދި ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާ ކަމަށެވެ.

ފުލުހުން ވަނީ 22 އޮގަސްޓް 2023 ވަނަ ދުވަހު 10:00 އަށް އޭދަފުށި ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދިފައެވެ.

 

ޓެގު