English Edition
Dhivehi Edition

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހީގެ އިތުރު ކޭސްއެއް ރިޕޯޓު ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕިއޭއިން ބުނެފައިވަނީ މިއީ މިދިޔަމަހު ރާއްޖެއިން ފެނުނު ހިމަބިހި ޖެހިފައިވާ މިހާއާ ގުޅުމެއް ނެތް، ކޭސް އެއް ކަމަށެވެ. އަދި އެ މީހާ އަކީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި މީހެއް ކަމަށް ވެސް އެޗްޕިއޭއިން ބުނެއެވެ.

އަލަށް ފެނުނު ކޭސްއާއި ގުޅިގެން އެހެން ފަހަރުތަކެކޭ އެއްފަދައިން، ބަލި ފެތުރުމުގެ ފުރުޞަތު ދެނެގަތުމާއި އޭނާއާ ކޮންޓެކްޓުވީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުން އަންނައިރު، ވެކްސިން ނުޖަހާ މީހުން ދެނެގަނެ އެމީހުންނަށާއި ބަލި ޖެހިފައިވާ މީހާ ދިރިއުޅޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.

ހިމަބިހީގެ އަލާމަތްތައް:

– ހުން އައުން.

– ހަމުގައި ރަތް ބިހިތަކެއް ނެގުން.

– ކެއްސުން.

– ނޭފަތުން އަރިދަފުސް ފޭބުން.

– ލޯ ރަތްވުން.

އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރު އެވެ. އެކަމަކު އޭގެ ފަހުން 2020 ވަނަ އަހަރު އާއި މި އަހަރުގެ މާޗް މަހު އައްޑޫން ވެސް ކުޑަކުއްޖަކު ޕޮޒިިޓިވްވެފައި ވެ އެވެ.