English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ”ނޫސަންދަ އައްޑޫ” ގެ ނަމުގައި ކުލިނިކެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

މި މަހުގެ 2 ވަނަ ދުވަހު ނޫސަންދަ ކުލިނިކު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން މި ކުލިނިކުން ޚިދުމަތްދޭން ފަށާފައިވާއިރު ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށާއި ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް ޚިދުމަތް ދެމުންދާނެއެވެ. ހަމައެއާއެކު އެމަޖެންސީ ހާލަތްތަކުގައި ފުލުހުންނަށް ލިބޭ އަނިޔާތަކަށްވެސް މި ކުލިނިކުން ފަރުވާދޭނެއެވެ.

ފުލުހުން ބުނީ މި ކުލިނިކުގައި އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި އެކިއެކި ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ ޚިދުމަތް ކުރިއަށް އޮތް ދުވަސްތަކުގައި ދެމުންގެންދާނެ ކަމަށެވެ. އަދި ބޭސް ފިހާރައިގެ ޚިދުމަތާއި އެކްސްރޭ އަދި ސްކޭންކުރުމުގެ ހިދުމަތްތައްވެސް ދެމުންގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން ފުލުހުން ބުނީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް މިހާރު ޚިދުމަތްދެމުންދިޔަ ނަމަވެސް ކައިރި މުސްތަގުބަލެއްގައި އާންމު ރައްޔިތުންނަށްވެސް މި ކުލިނިކުން ޚިދުމަތްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

1 ކޮމެންޓް
ރާއަލިފު
އޮގަސްޓް 6, 2023
ކާކު ކޮންތާކު މީހަކު ހުޅުހި ތަނެއްތީ? ކޮބާ ދެފުށުގެ މައުލޫމާތު އާންތު ތީތި ކަޑައޭ