English Edition
Dhivehi Edition
މިއަދު ކުރިއަށް ދާ އިންތިޚާބުގައި ރައީސް ޞޯލިޙް ވޯޓު ލައްވަވަނީ: ފޮޓޯ އެމްވީކްރައިސިސް

ރިޔާސީ އިންތިހާބުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ އަދީއްތަ ދުވަހު ފުރުސަތު ހުޅުވާލައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއަހަރު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހު ހުޅުވާލާއިރު ސިޔާސީ ޕާޓީތަކުން ވަނީ ކެމްޕެއިން ހަރަކާތްތައް ފަށާފައެވެ. މި ގޮތުން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕެއިން ހަރަކާތްތައް ފޯރިއާއި އެކު ކުރިއަށް ދާއިރު އިދިކޮޅު ޕީޕީއެމް އިން އަންނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އިންތިހާބުގައި ވާދަކުރާނެކަމަށް ބުނަމުންނެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާއިރު އެ ޕާޓިން އަންނަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު އާއި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ނާޒިމްގެ ކެމްޕެއިންވެސް ވަނީ ފަށާފައެވެ.