English Edition
Dhivehi Edition

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ސަބްމެރިނެއް ގެއްލިއްޖެއެވެ.

މިއީ އޯޝަންގޭޓް އެކްސްޕެޑިޝަންސްގެ “ޓައިޓަން”ގެ ނަން ދީފައިވާ ސަބްމެރިނެކެވެ. މި ސަބްމެރިން ގެއްލިފައިވަނީ ޓައިޓޭނިކް އޮތް ސަރަޙައްދަށް ފަތުރުވެރިން ގޮވައިގެން ފީނަމުން ދަނިކޮށެވެ. އަދި މި ސަބްމެރިން ފެތިފައިވަނީ ކެނެޑާގެ އިރުދެކުނު ފަރާތަށެވެ.

ބޭރުގެ ޚަބަރުތައް ބުނާގޮތުން ސަބްމެރިން ވީނުވީއެއް ނޭނގި ގެއްލުނުއިރު، ޕައިލެޓުގެ އިތުރުން ހަތަރު ފަތުރުވެރިން ތިއްބެވެ. އަދި އެމެރިކާގެ ކޯސްޓްގާޑުން އެ ސަބްމެރިން ހޯދުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

މި ސަބްމެރިން ހޯދުމަށް ކަނޑާއި ވައިގެ މަގުން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ޚަބަރުތައް ބުނެއެވެ.