English Edition
Dhivehi Edition

ދެ ސީޒަނެއް ފްރާންސްގެ ޕީއެސްޖީގައި ހޭދަކުރުމަށް ފަހު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ މިހާރު ވަނީ އެމެރިކާ މޭޖަރ ލީގު ސޮކާގެ އިންޓަ މިއާމީއަށް ކުޅެން އެއްބަސްވެފައެވެ.

އިންޓަ މިއާމީއަށް ބަދަލުވެ މެސީ އޭނާގެ އައު ކުލަބަށް ކުޅެން ހަމަ ޖެހުފައިވާ ފުރަތަމަ މެޗަކީ ލީގު ކަޕްގައި ކްރޫޒް އަޒުލް އެފްސީ އާއި ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗެވެ. އަންނަ ޖުލައި މަހުގެ 21 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ކުޅެން ހަމަ ޖެހިފައިވާ މި މެޗުގެ ޓުކެޓު މިހާރު ވިއްކަން ފަށާއި ވާއިރު، ޓިކެޓުގެ އަގު ވަނީ 422 އެމެރިކާ ޑޮލަރަށް ބޮޑުވެފައެވެ.

މީގެ ކުރިން ޓިކެޓުގެ އަގު އުޅެނީ އެންމެ 81 ޑޮލަރަށެވެ. ނަމަވެސް މެސީ އައުމާއި އެކު ޓިކެޓުގެ އަގު މިވަނީ ބޮޑުތަނުން އުފުލިފައެވެ.

މެސީ އޭނާގެ އައު ކުލަބު އިންޓަ މިއާމީއާއި ރަސްމީކޮށް ގުޅޭނީ މި މަހުގެ 30 ވަނަ ދުވަހުގެ ފަހުންނެވެ. އެއީ އޭނާ ޕީއެސްޖީއާއި އެކު ހަދާފައިވާ އެއްބަސް ވުން ހަމަވާނީ އެ މުއްދަތަށް ފަހުގައި ކަމަށް ވާތީއެވެ.

މެސީ އިންޓަ މިއާއީ އަށް ސޮއިކުރުމުގެ ކުރިން އެ ކުލަބު ދެ މެޗެއް ކުޅޭނެއެވެ. އެއީ ލީގުގައި ޑީސީ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ސެއިންޓް ލުއިސް ސިޓީއާއި ދެކޮޅަށް ކުޅޭ މެޗެވެ. މި ދެމެޗުގައި މެސީ އަށް ނުކުޅެވޭނެއެވެ. މެސީ އެންމެ އަވަހަށް ވެސް ކުޅޭނީ އަންނަ ޖުލައި މަހުގެ 21 ގައި ކްރޫޒް އަޒުލް އެފްސީ އާއި ދެކޮޅަށް އިންޓަ މިއާމީ ކުޅޭ ލީގުގެ ކަޕް މެޗެވެ.