English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން އުޅުނަސް އެކަން ކާމިޔާބު ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ފާސްކުރުމާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ނަޝީދު ވަކިކުރުމަށް ސޮއި ހަމަ ނުވާނެ ކަމަށާއި އެ މައްސަލަ ހުށަނޭޅޭނެ ކަމަށެވެ. އެމްޑީޕީގައި ތިބީ ރައީސް ނަޝީދަށް އިތުބާރު ކުރާ މީހުން ކަމަށް އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ.

މަޖިލިސް ތެރޭގައި ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް މަޖިލިސް ތެރޭގައި ގިނަ އަދަދެއްގެ މެމްބަރުން ރައީސް ނަޝީދަށް ތާއިދުކުރައްވާ ކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ ރައްޔިތުންގެ އިތުބާރު އެބައޮތް ކަަމަށެވެ.

މީގެ އިތުރުން އަލީ އާޒިމް ވިދާޅުވީ މަޖިލިހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމާ މެދު ގޮތެއް ނިންމާނީ ރައީސް އޮފީހުން ކަމަށެވެ.