English Edition
Dhivehi Edition
ފޮޓޯ: ފޮލިސް މީޑިއާ

”ނެއިބަހުޑް ޕޮލިސިންގ މޮޑެލް – އަވައްޓެރި ފުލުހުންގެ ޚިދުމަތް” މުލަކަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.

އިއްޔެ ދިއްގަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މުލަކަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްއެވެ.

އެ ރަސްމިއްޔާތުގައި، ދިއްގަރުގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ ‘’ލާމެހި” ކެމްޕެއިން އިފްތިތާހުކުރުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އެވެ.

ފުލުހުން ބުނީ އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ މޮޑެލްއަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހު މާލޭ އޭރިއާގައި އަދި 2019 ވަނަ އަހަރު އައްޑޫ އާއި ފުވައްމުލަކުގައި ޕައިލެޓް ކުރުމަށްފަހު، 2019 މާރިޗު 29 ވަނަ ދުވަހު އިފްތިތާހު ކުރެވުނު ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގެ ޕްރައިއޯރިޓީ އެއްގައި ހިމެނޭ ޕްރޮޖެކްޓެއްގައި ހިމަނާފައިވާ ސީދާ ދިވެހިރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ފޯރުކޮށްދެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ މޮޑެލްއެއް ކަމަށެވެ.

މި ޚިދުމަތް މުޅި ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2020 އޮކްޓޯބަރ 1 ވަނަ ދުވަހުއެވެ.

ޓެގު