English Edition
Dhivehi Edition

ށ. ކޮމަންޑޫގައި އިމާރާތްކުރާ 30 ހައުސިން ޔުނިޓް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓްސް ޑިރެކްޓަރު އާދަމް ރަހީމެވެ.

300 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމަން ހަވާލު ކުރި މި ޕްރޮޖެކްޓްގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 30 ރޯހައުސް އެވެ. އެއިން ކޮންމެ ޔުނިޓެއްގައި ހިމެނޭނީ 3 ކޮޓަރި، 3 ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެކެވެ. މި މަޝްރޫއުގެ ދަށުން ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު ޔުނިޓްތައް ވަށައިގެން އަލިކުރެވޭނެ އިންތިޒާމުތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫގެ އަގަކީ 40,923,848.16 ރުފިޔާ ކަމަށެވެ.