English Edition
Dhivehi Edition

އައި ފިލްމްސްގެ ދެވަނަ ފީޗަރ ފިލްމު “ނީނާ” އޯގަސްޓު 6 ގައި އޮލިމްޕަސް ސިނަމާގައި އަޅުވަން ނިންމައިފިއެވެ.

މީޑިއާ އަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނީ މި ފިލްމުގެ 30 ޝޯވ ދެއްކުމަށް ހަމަޖެހިފާ ކަމަށެވެ. އެހެންނަމަވެސް ފިލްމުގެ ޓިކެޓް ވިއްކަން ފަށާނެ ދުވަހެއް އަދިހާމައެއް ނުކުރެއެވެ.

ރޭގެ ހަފުލާގައި ފިލްމުގެ ރަސްމީ ޕޯސްޓަރާއި ޓީޒާ ޓްރެއިލަރ، ކެރެކްޓަރ ޕޯސްޓަރު، ޕްރޮމޯޝަނަލް ލަވަ އަދި މެއިން ޓްރެއިލަރ ވަނީ ދައްކާލާފައެވެ.

މި ފިލްމުގެ މުހިންމު ބައިތައް ކުޅެފައިވާ ތަރިންގެ ތެރޭގައި އައިފިލްމްސްގެ ފުރަތަމަ ފިލްމު ބަވަތީގެ ލީޑު ރޯލުން ފެނިގެންދިޔަ ކުޅަދާނަ ބަތަލާ ނުޒުހަތު ޝުޢައިބް ހިމެނޭއިރު، އަރަމުންއަންނަ ޒުވާން ބަތަލު ޝަރަފް ޢަބްދުﷲ ގެ ކުޅަދާނަ ހުނަރު ފެނިގެންދާނެއެވެ.

ހިތްވަރުގަދަ އަންހެނެއްގެ ވާހަކަތައް ދައްކައިދޭނެ މި ފިލްމުގައި ހުނަރުވެރި ތަރި ޖުމައްޔިލް ނިމާލް އާއި ވެޓަރަންސް އެކްޓްރެސް މަރިޔަމް ރަޝީދާއާއި މަރިޔަމް ޝަކީލާ ވެސް މުހިންމު ރޯލެއް އަދާކޮށްފައި ވެއެވެ.

މީގެ އިތުރުން އާދަމް ރިޒްވީ (ރެކްސް)، ނަތާޝާ ޖަލީލް، ޢަލީ އިނާޒް، ފީޗަރ ފިލްމަކަށް އަލަށް ތަޢާރަފްވާ ޓިކްޓޮކްގެ މަޝްހޫރު ތަރި އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް)، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން (ޝިންޓޭ) އަދި އައިޝާ އަލީ ހިމެނެއެވެ.

ނީނާ އަކީ ދިވެހި ފިލްމު ބަވަތިން މަޝްހޫރުވެ، އަދި ތަފާތު އެކި ވެބް ސީރީޒްތަކުން ސަމާލުކަން ހޯދާފައިވާ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ލިޔެ ފައިވާ ވާހަކައެކެވެ. ފިލްމުގެ މިއުޒިކް ހެދީ ޝަހީދު ލިގެސީ އެވެ.

މޭކަޕް އާޓިސްޓް ރުޠުބާ އަޙްމަދު ގެ ކުލަގަދަ މޭކަޕުން ޖަރީކޮށްފައިވާ މި ފިލްމުގެ ލަވަތަކުގެ މިއުޒިކް ހެދީ ހުސައިން ތަޢުފީޤް އެވެ. ޕްރޮމޯ ލަވައިގެ މިއުޒިކް ހެދީ މިސްޓީ އެވެ.

ރާއްޖޭގައި އެފަދަ ދެވަނައެއް ނުވާ ކެމެރާމަން ކެމެރާމަން ވިޝާން (ކަނޑި) ކެމެރާކޮށްފައިވާ ނީނާ ގެ އެޑިޓިންގ އާއި ޕޯސްޓް ޕްރޮޑަކްޝަން ހެދީ ’އޯކޭޒް އިންކް‘ އިން ނެވެ. ވިޝުއަލް ހެދީ އޯކޭޒް އިންކް ގެ ސާމީ އެވެ.