English Edition
Dhivehi Edition

އައި ފިލްމްސްގެ “ޝައިތޯނާ” ގެ ޕޯސްޓަރ ދައްކާލައިފިއެވެ.

ކާމިޔާބު ފިލްމު ”ބަވަތި“ގެ ހުނަރުވެރި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ ”ޝައިޠޯނާ“ގެ ޕޯސްޓަރެއް ޢާންމުކޮށްފައިވީނަމަވެސް އޭގެ މާބޮޑު ތަފްޞީލެއް ހާމައެއް ނުކުރެއެވެ.

ޢާންމުކޮށްފައިވާ ޕޯސްޓަރުގައި ފެންނަނީ ތިން މީހެއްގެ މޫނުކަމެއް، އެކެއްގެ މޫނުކަމެއް ނުވަތަ ތިން ސޫރައަކަށް ފެންނަ ގޮތަށް ތައްޔާރުކޮށްފައިވާ މޮޅު މޭކަޕެއްތޯ ވަނީ ސުވާލުމާކެއްގެ ތެރޭގައެވެ.

ޝައިތޯނާ ނެރޭނީ މި ރަމަޟާން މަހަށް ފަހު ކަމަށް ބުނެފައިވާތީ ބެލުންތެރިންނަށް މިޖެހުނީ ކުޑަ އިންތިޒާރެއް ކުރާށެވެ. ޔަގީނުން ވެސް އެނގޭކަމަކީ އައި ފިލްމްސް އިން ޚާއްޞަކޮށް އިއްލެގެ ޑައިރެކްޝަނެއް ވިއްޔާ އޮށްޓަރެއް ހުންނާނެ ކަމެވެ. ސަސްޕެންސްތަކެއް ހިމެނޭނެ ކަމެވެ.

މި ޕޯސްޓަރު ޢާންމުކޮށްފައިވާއިރު، އައި ފިލްމްސްގެ ބިރުވެރި ވާހަކަ ސީރީޒްގެ ޝޫޓިންގ ވެސް ވަރަށްބާރަށް ކުރިއަށްދާކަން އައިފިލްސްގެ އިންސްޓަގްރާމުން އެނގެއެވެ.

ނަމަވެސް “ޝައިތޯނާ” އަކީ ކޮބައިކަން އެނގޭނީ ރަމަޟާން މަހަށް ފަހުއެވެ.