English Edition
Dhivehi Edition

ހުޅުމާލޭ ފޭސް2 ގައި މާރާމާރީއެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގައި މާރާމާރީއެއް ހިންގާފައިވާކަމުގެ ރިޕޯޓު މިއަދު ހަވީރު 5:20 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މާރާމާރީގައި އަނިޔާވެފައިވަނީ 18 ދަށުގެ ފިރިހެން ކުއްޖަކަށް ކަމަށާއި އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

އެހެންނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.