English Edition
Dhivehi Edition
ސިނަމާލެ ބްރިޖް ސަރަޙައްދު/ފޮޓޯ އިންޓަނެޓް

ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގުގައި ހިނގި އެކްސިޑެންޓްގައި މީހަކު ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މާލެ އިން ހުޅުމާލެއަށް ދަތުރު ކުރަމުންދިޔަ ސައިކަލެއް ބާރު ސްޕީޑްގައި ގޮސް ޕިކަޕެއްގެ ފަހަތުގައި ޖެހިގެންނެވެ.

ފުލުހުން ބުނީ މާލެ އިން ހުޅުމާލެއަށް އަންނަ ހަލިމަގުގައި ސައިކަލެއް ޕިކަޕެއްގައި ޖެހިގެން އެކްސިޑެންޓެއް ހިނގާފައިާ ކަމަށް ރޭ 12:04 ގައި ފުލުުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ،