English Edition
Dhivehi Edition

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ޝަބާބް އާއި ދެކޮޅަށް އަލް ނަޞްރު ކުޅުނު މެޗުގައި މޮޅުވި ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރުމުގެ ގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ ސަދިއެއް ޖަހައިފިއެވެ

ދެ ޓީމުވެސް 2-2 ގެ ނަތީޖާގައި ވަނިކޮށް ފަހު ހާފުގައި އަލް ނަޞްރު މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ރޮނާލްޑޯއެވެ. ދެ ޑިފެންޑަރުން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ ރޮނާލްޑޯ ކާމިޔާބު ކުރީ މެޗުގެ ދަހު ހާފުގެ 59 ވަނަ މިނެޓުގައެވެ.

މި ލަނޑަށް ފަހު އަލް ނަޞްރުގެ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުން ވަރަށް ބޮޑަށް އުފާފާޅުކުރިއިރު، ރޮނާލްޑޯ ފުރަތަމަ ހެދީ އޭނާގެ ރަސްމީ ސެލެބްރޭޝަން ކަމުގައި ވާ ” ސިއޫ ސެލެބްރޭޝަން އެވެ. އަދި އޭގެ ފަހުން ރޮނާލްޑޯ ވަނީ އަލް ނަޞްރުގެ ހުރިހާ ކުޅުންތެރިންގެ މެދަށް ތިރިވެ ސަޖިދައެއް ޖަހަައިފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ސަޖިދަ ޖެހީ އަލް ނަޞްރުގައި ތިބި މުސްލިމު ކުޅުންތެރިން ނަށް އިޙްތިރާމު ކުރުމުގެ ގޮތުންނެވެ. އަދި އަނެއް ބައި ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯގެ ސަޖިދައަކީ އޭނާ އިސްލާމް ދީން ގަބޫލުކޮށްފާނެ ކަމުގެ އިޝާރާތެކެވެ.

1 ކޮމެންޓް
ގެންޒޯ
މެއި 25, 2023
ފުރަތަމަ ޖެހީ ސަޖިދަ. ދެން އޭނަގެ ރަސްމީ ސެލެބްރޭޝަން ޖެއްސީ. މިކުދިން މެޗެއް ނުބަލައޭ