English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ހދ. ކުޅުދުއްފުށީގައި 48 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ، ކުޅުދުއްފުށީގައި މީހަކު ފާހާނާއަށް ވަދެ ނުނިކުމެގިނައިރު ވެގެން ބެލި އިރު ފާހަނަ ތެރެއަށް ވެއްޓިފައި އޮތުމުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.