English Edition
Dhivehi Edition

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ދިން ހަމަލައާ ގުޅިގެން ހޯދަމުންދިޔަ އިބްރާހީމް އަބްދުﷲ (ގައްބަރޭ) ގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

އިބްރާހީމް އަބްދުﷲ ފުލުހަށް ގޮސްފައިވަނީ އޭނާ ހޯދަން އިއުލާނު ކުރިތާ އަށް ދުވަސް ފަހުން، މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހޯދުމަށް ފުލުހުން އިއުލާންކުރީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ހަބީބީ ކެފޭގައި ހުންނަވަނީކޮށް ޒަރީރަށް ހަމަލަދީފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުގައެވެ. އެ ހަމަލައާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ޒަރީރު ފަރުވާ ހޯއްދަވާފައި ވެއެވެ.

ފުލުހުން އޭރު ބުނީ ޒަރީރަށް ހަމަލަ ދިނީ ނުރައްކާތެރި ހަތިޔާރަކުން ކަން ބެލެވޭ އެއްޗަކުން ކަމަށެވެ.

ޓެގު