English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ފިލިތެޔޮ ކައިރިން ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ މިތަކެތި ހޯދާފައިވަނީ ފ. އަތޮޅު ފިލިތެޔޮ ކައިރިން ކަނޑަށް ފައްތާފައިހުއްޓާ ކަމަށެވެ.

މިތަކެތި ފެނިފައިވަނީ ފިލިތެޔޮ ކައިރިއަށް މަސްތުވާތަކެތި ފައްތާފައި ހުރި ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފ. އަތޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް ޕޮލިހުން ބުނެއެވެ.

ޕޮލިހުން ހޯދާފައިވަނީ ކޮން ބާވަތެއްގެ އަދި ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއްކަމެއް ހާމަނުކުރިޔަސް، އެތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.