English Edition
Dhivehi Edition
ޖިންސީ ގޯނާއާއި ދެކޮޅަށް އައްޑޫގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން--ފޮޓޯ: މީސްމީޑިއާ

ދިވެހި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ބިދޭސީ އަކު މާލެއިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ މީހެކެވެ. އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ނެރުނު އަމުރުގައި މައްސަލައިގެ ތަފްސީލެއް ލިޔެފައި ނުވާއިރު ހައްޔަރުކުރުމަށް ނެރުނު އަމުރުގައި ބުނެފައި ވަނީ ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ޖިންސީ ފުރައްސާރަ ކުރުމާއި ނުރުހުމުގައި ގައި އަތްލުން ކަމަށެވެ.

މީގެ އިތުރުން އެ އަމުރުގައި ވަނީ ފުލުހުން ކުރާ ތުހުމަތުތަކަށް ބާރު ލިބޭނެ ހެކިތައް ކޯޓަށް ހުށަހަޅާފައި އެބަހުރިކަމަށެވެ.

މުޖުތަމައުގެ ސަލާމަތައްޓަކައި އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ/