English Edition
Dhivehi Edition

އައްޑޫސިޓީގައި މަސައްކަތްކުރާ ދައުލަތުގެ މުވައްޒަފުންނަށް ކޮރަޕްޝަނާބެހޭ މައުލޫމާތު ދީފިއެވެ.

އައްޑޫސިޓީ ކައުންސިލްގެ ހޯލާއި އޮޑިޓް އޮފީސް ހިންގާ އިމާރާތުގައި މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށް ވަނީ މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންގޮފައެވެ. މި ސެޝަންތަކަށްފަހު ބައިވެރިންނަށްވަނީ ސެޓްފިކެޓްވެސް ދީފައި ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވިއެވެ.

“މިއީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޮރަޕްޝަނާ ގުޅޭމައުލޫމާތު ދިނުމާއި އެމީހެއްގެ ނަޒާހަތްތެރިކަން އިތުރު ކުރުމާއެއްކޮށް ރައްޔިތުންނަށް ޚިދުމަތްދޭން ތިބޭ މުވައްޒަފުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ނަޒަހަތްތެރިކަމާއެކު ފޯރުކޮށްދިނުމުގެ ކަންތައްތަކާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ސެޝަނެއް،” މުއައްވިޒް ވިދާޅުވިއެވެ.

މިއީ އޭސީސީ އިން ހިންގާ ނަޒާހަތްތެރިކަމުގެ ހަފްތާގެ ދަށުން ބޭއްވި ހަރަކާތެކެވެ. ހިތަދޫގައި އިއްޔެވަނީ ނަޒާހަތްތެރި ކަމުގެ ހަވީރެއްވެސް ބާއްވައިފައެވެ.