English Edition
Dhivehi Edition

ރާއްޖެ އާއި ސިޔާސީ ގުޅުން ގާއިމުކުރި ގައުމުތަކުގެ ލިސްޓަަށް ޓޯގޯ ރިޕަބްލިކް އިތުރުވެއްޖެއެވެ.

ރާއްޖެ އާއި އެ ގައުމާއި ދެމެދު ސިޔާސީ ގުޅުން ރަސްމީކޮށް އެކުލަވާލާ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރައްވާފައިވަނީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާޢިމީ މަންދޫބް ތިލްމީޒާ ހުސައިންނެވެ. ޓޯގޯ ރިޕަބްލިކްއިން ސޮއިކުރެއްވީ އެ ޤައުމުން އދ. ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ކޯފި އަކަކްޕޯއެވެ.

ދުނިޔެގޭ އެކި ޤައުމުތަކާއެކު ސިޔާސީ ގުޅުން ޤާއިމްކޮށް ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުން އިސްކަމެއް ދެއްވާ ކަމެކެވެ.

އެގޮތުން ޓޯގޯއާ ސިޔާސީ ގުޅުންތައް ޤާއިމުކުރުމަކީ، ދެޤައުމުގެ މަސްލަހަތު އޮންނަ ދާއިރާތަކުން އެއް ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ދެޤައުމުގެ އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭ ކަމެއްކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

ޓޯގޯ ގެ އާބާދީ އަކީ ގާތްގަޑަކަށް 8 މިލިޔަން މީހުންނެވެ. އަދި މިއީ ހުޅަނގު އެފްރިކާގެ ޤައުމެކެވެ.

ޓޯގޯ އަކީ ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމްކުރި 184 ވަނަ ޤައުމެވެ.