English Edition
Dhivehi Edition

ރާއްޖޭގެ ދެކުނުގެ ބޯޑަރު ކޯސްޓްގާޑުން ބަލަހައްޓަމުން ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަމިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއެކު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލާގައި، ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް، ރާއްޖެއަށް ކާމިޔާބުވުމާއިގުޅިގެން، ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ ދެކުނުން، އިން ކަނޑައެޅިގެން ދިއުމުން، ރާއްޖޭގެ އުތުރުގައި ކޯސްޓްގާޑުން ބޯޑަރު ބަލަހައްޓަމުން ގެންދާހެން، ދެކުނުގައި ވެސް އެކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.

މީގެ ކުރިން، އިން ކަނޑަނޭޅުމުގެ ސަބަބުން ބޭރުގެ މަސްވެރިން ރާއްޖޭގެ ސަރަޙައްދުން ނަފާ ހޯދަމުން ދިޔަކަމަށާއި، ނަމަވެސް ރާއްޖޭގެ އިން ކަނޑައެޅުމުގެ ސަބަބުން އެކަން ހުއްޓުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަމުން ރާއްޖޭގެ މަސްވެރިންނަށް ވެސް ފައިދާވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ދެކުނުގައި ފިޝަރީޒް މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީން ރާއްޖޭގެ ފަރާތުން ކުރަންޖެހޭ ކަންކަން ކުރުމަށް މަޝްވަރާކުރެއްވިކަމަށެވެ.

ރާއްޖޭގެ ޤާނޫނު އަސާސީގައި ރާއްޖޭގެ ސަރަޙައްދު ސާފުކޮށް ބަޔާންކުރާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، 1976 ވަނަ އަހަރު ރާއްޖޭގެ އުތުރާއި، އިރު އުތުރާއި، އިރު ދެކުނުން އިން ކަނޑައެޅިފައިވާކަމަށާއި، ނަމަވެސް ދެކުނުގެ ކަނޑުގެ ސަރަހައްދު މިހާތަނަށް ކަނޑައެޅިފައި ނެތީކަމަށެވެ.

ނަމަވެސް އެ އިންވެސްކަނޑައެޅިގެން ދިޔައީ ބައިނަލްއަޤްވާމީ މުއާހަދާތައް ބުނާގޮތަށްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.