English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި ސަރުކާރުން އިމާރާތްކުރާ އިންޑޯ ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މިއީ ވިމްލާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އެރަށުގައި އަޅާ އިމާރާތެކެވެ. މި ކޮމްޕްލެކްސްގައި ބެޑްމިންޓަން، ބިލިއާޑް، ޑާޓް، ޓީޓީ، ރާޒުވާ، ގާލެންޑޯ ފަދަ ކުޅިވަރުތައް ކުޅެވޭނެއެވެ. އަދި އެތަނުގައި ޖިމެއްވެސް ހިމެނޭ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރގެ ނާއިބު އަލީ އާދިލް ވިދާޅުވިއެވެ. މިއީ ސަރުކާރުން 4.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނިންމާލެވޭނެއެވެ. އައްޑޫސިޓީގެ ތަރައްގީއަށް ކުޅިވަރުވަރުގެދާއިރާއިން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން މަރަދޫފޭދޫ ފިޔަވައި ކޮންމެ އަވަށެއްގައިވަނީ ފުޓުސަލް ދަނޑެއް ހަދައިފައެވެ. މަރަދޫފޭދޫގައި އެފަދަ ދަނޑެއް ހެދުމަށް މިހާރުވަނީ ބަޔަކާ ހަވާލުކޮށްފައެވެ.