English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި ހުންނަ ހޯގާޑް އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ސިޓީގައި ހުންނަ ހޯގާޑް ކުންފުނީގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު 11:13 ހާއިރު ކަމަށެވެ.

އެ ތަނުގައި ރޯވި އަލިފާން ގަނޑު މިހާރު ނިއްވާލާފައިވާ ވީނަމަވެސް އެތަނުން އަދިވެސް ދުން އަރަމުންދާތީ އެ ތަން މޮނީތަރ ކުރަމުން އަންނަކަމަށް މްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ މާލެގަން އަވަށުގައި ހުންނަ ހޯގާޑް މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވުމަށާއި، ބައެއް ތަކެތި ބަހައްޓަން ބޭނުންކުރާ އިމާރާތެއްގައެވެ.

އަލިފާން ރޯވި ގަޑީގައި ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ފެންނަގޮތުގައި އެ އިމާރާތުގައި ވަރަށް ބޮޑަށް ހުޅުހިފާފައިވާ ކަމަށް ބެލެވެއެވެ.