English Edition
Dhivehi Edition

ނައިފަރުގައި މޫނުބުރުގާ އެޅި ދެމީހަކު ފިހާރައެއް ފަޅާލަން މަސައްކަތްކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެ ވީޑިއޯއިން ފެންނަނީ ދިގު ހެދުން ލައި، މޫނުބުރުގާ އަޅައިގެން ތިބި ކާކުކަން ނޭންގޭ ދެމީހަކު ފިހާރައިގެ ތަޅު ހުޅުވަން މަސައްކަތް ކުރާ މަންޒަރެވެ.

ދެ ފިރިހެނުންކަމަށް ޝައްކު ކުރެވޭ އެ މީހުން ފިހާރައިގެ ތަޅު ހުޅުވަން މަސައްކަތް ކޮށްފައިވަނީ ކޮންމެވެސް އާލާތެއް ބޭނުން ކޮށްގެންނެވެ.

ނަމަވެސް އެމީހުންނަށް އެކަން ކާމިޔާބު ނުވުމުން ދެ މީހުން ފިހާރަ ސަރަހައްދު ދޫކޮށް ދާތަން ވީޑިއޯ އިން ފެނެއެވެ.

ނައިފަރު މާލް ނަމަކަށް ކިޔާ އެ ފިހާރަ ތަޅު ހަލާކުކުރަން މަސައްކަތް ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ވިޔަސް ސީދާ ގަޑިއެއް އެނގޭކަށް ނެތެވެ.