English Edition
Dhivehi Edition

ދިވެހި ރައްޔިތުންނަށް މިއަދު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ބޯހިޔާވެހިކަން ހޯދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ފޭސްގައި މިރޭ ފަށްޓަވައިދެއްވި “ހިޔާ” މަޝްރޫއު އިފްތިތާހުކޮށްދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ އެބޭނުންތައް ފުއްދަވައި ދެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެއަކީ ހުރިހާ ދިވެހިންގެ ރަށްކަމަށެވެ. ހިޔާ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ރަން ސަފްހާއަކުން ޖާގަ ހޯދާނެ މަޝްރޫއެއްކަމަށްވެސް ވިދާޅުވިއެވެ.

ހުޅުމާލޭގައި ތަރައްޤީ ކުރާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކަކީ މާލޭގެ ތޮށްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ ވަރަށް މުހިންމު މަސައްކަތެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ގައުމެއް ކުރިޔަށް ގެންދިޔުމުގެ އާރާއި ބާރާއި ހަކަތަހުރި ބަޔަކީ ޒުވާނުން ކަމަށެވެ. އެހެންވެ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވަނީ، ދިވެހި ޒުވާނުންނާއި، އެންމެ ހާލުގައި އުޅޭ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަޔަށް ހައްލު ހޯއްދަވައި ދެއްވަން ކަމަށް ވިދާޅުވިއެވެ.

މިރޭ ހުޅުމާލެ ފޭސް 2 ގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިފްތިތާހުކޮށްދެއްވި “ހިޔާ” މަޝްރޫޢަކީ އަށްޑިހަ ހާހެއްހާ ފަރާތަށް ކުރިމަތިވެފައިވާ ބޯ ހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދެވޭނެ ބޮޑު ބިޔަ މަޝްރޫއެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.