English Edition
Dhivehi Edition

ހެޔޮ ކަންކަމުގެ ޖަޒާ މާތްﷲ ދުނިޔެމަތީގައިވެސް އަދި އާޚިރަތުގައިވެސް ދެއްވަވާނެއެވެ.
هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ ﴿٦٠﴾
ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ثواب ކަމުގައި މެނުވީ ވާނެހެއްޔެވެ؟

މޫސާގެފާނު مدين ގެ ފެންވަޅުގެ ކައިރިޔަށް ވަޑައިގެންނެވިހިނދު އެ ފެންވަޅުގެ ކައިރީގައި ތިބި ދެ އަންހެނުންގެ ޖަނަވާރުތަކަށް ފެން ދެއްވިއެވެ. ދެން އެކަލޭގެފާނު އެނބުރި (ގަހެއްގެ) ހިޔަލަށް ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ.

﴿رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ﴾ [سورة القصص ۲٤]
އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.
މޫސާގެފާނު ގެ މި ދުޢާ މާތްﷲ އިޖާބަކުރެއްވިއެވެ.މިކުޑަކުޑަ ދުޢާގެ ސަބަބުން އެކަލޭގެފާނުގެ އެންމެހާ ޙާޖަތްތައް މާތްﷲ ފުއްދަވައިދެއްވިއެވެ. އެކަލޭގެފާނަށް ހިޔާވައްސަކާއި،ޞާލިޙް އަންތްބެއް ދެއްވެވިއެވެ. މި ދުޢާ އިޖާބަކުރެއްވުމުގެ އެއް ސަބަބަކީ ބަޔަކަށް ހެޔޮކަމެއްކޮށްދިނުމަށްފަހު ގަދަ ކީރިތިވަންތަ އިލާހުގެ މަދަދަށް އެދުން ކަމުގައި ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
(إِنَّ الرِّفْقَ لاَ يَكُوْنَ في شيئٍ إلازانه وَلاَ ينزع من شيئٍ إلا شانه ) رواه مسلم
މާނައީ: ” ކަމެއްގައި އޯގާތެރިކަން އެކުލެވިފައިވާނަމަ އެއީ އެކަމަކަށް ޒީނަތްތެރިކަން ފިޔަވައި އިތުރުކަމެއް ގެނެސްދޭ ކަމެއްނޫނެވެ. އަދި ކަމެއްގައި އޯގާތެރިކަން ނެތިގެން ހިގައްޖެނަމަ އެކަމެއްގެ ދަރަޖަ (ޝާން) ގެއްލިގެން ދެއެވެ.”

 

ނޯޓް: މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޝައިޚް މާޢޫން ލިޔެފައިވާ ލިޔުމަކުންނެވެ.