English Edition
Dhivehi Edition
ފޮޓޯ:ސަން އެމްވީ

އަންނަ އަހަރުގެ ކުރީކޮޅު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށާއި އެންމެ ކުޑަ މުސާރަ ލިބޭ މީހުންނަށް ވެސް 37 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ

ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ސިވިލް ސާވީސް މުވައްޒަފުންނާ މެދު ކަންތައްކޮށްފައިވާ ގޮތާއި މިއަދުގެ ސަރުކާރުން އެ މުވައްޒަފުންނާ މެދު ކަންތައް ކުރަމުންދާ ގޮތް ބަލާލަން ޖެހޭކަމަށާއި މި ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި ސިވިލް ސާވިސްގެ އެންމެ މުހިންމު ދާއިރާތައް ކަމަށްވާ ތައުލީމާއި ސިއްހީ ދާއިރާގެ މުއައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކޮށްދީފައިވާ ކަމަށެވެ

ރައީސް ޔަމީން ވަނީ ސިވިލް ސާވިސްގެ ކޮންމެ ތިން މުވައްޒަފެއްގެ ތެރެއިން ދެ މުވައްޒަފެއްގެ ހާލަތު އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން ރަނގަޅު ވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެ އިތުރުން ރައީސް ޔަމީން ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނާ ފިނޭންސް މިނިސްޓްރީން ގިންތިތައް ކަނޑައެޅުމަށްފަހު އަންނަ އަހަރުގެ ކުރީކޮޅު މުސާރަ ބޮޑުކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ

ރައީސް މި ގޮތަށް ވިދާޅުވެފައިވާއިރު ސިވިލްސާވިސް މުއައްޒަފުންގެ މުސާރަ ބޮޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި 234 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ