English Edition
Dhivehi Edition

ބަރަކާތުން ފުރiގެންވާ ރަމަޟާން މަހަކީ ކޮންމެ އަހަރަކުވެސް އަޅުގަނޑުމެންނާއި ބައްދަލުކުރާ މާތްވެގެންވާ މައްސަރެކެވެ. މާތް ﷲ އަހަރެމެން އިންސާނުންނަށް އަހަރެމެންނަށް ކުރެވިފައިވާ ފާފަތަކުން ތާހިރުވެލަން ދެއްވާ ރަނުގެ ފުރުސަތެއްކަމުގައި މެނުވީ ރަމަޟާން މަސް ނުވެއެވެ.

ރަމަޟާން މަހުގެ ދަރުމައާއި ސަވާބު ހޯދުމައް އެ މައްސަރުގައި ވަރަށް ގިނަ ކަނަކްނަ ކުރެވިދާނެއެވެ. ޞަދަގާތް ދިނުމާއި ޤުރުއާން ކިޔެވުމާއި ދޫރައްކާތެރިކުރުމާއި މީހުންނަށް އެހީތެރިވުމާއި މިހެން ގޮސް ވަރަށް ގިނަ ކަންކަން ރަމަޟާންމަހުގެ ދަރުމަ ހޯދުމަށް ކުރެވިދާނެއެވެ.

މީގެ އިތުރުން ރަމަޟާންމަހުގައި ޙައްޖެއް އަދާކުރުމުގެ ޘަވާބުލިބޭ އަޅުކަންތައްވެސް އެބަ ހުއްޓެވެ. ޙައްޖުގެ މަތިވެރި އަޅުކަމަކީ މާތް ވެގެންވާ އަޅުކަމެކެވެ. ﷲ سُبْحَانَهُ وَتَعَالَى ވަނީ އަހަރެމެންނަށް ޙައްޖުގެ އަޅުކަމުގެ ޘަވާބު ޙާޞިލުކުރެވޭނެ ހެޔޮކަންތައް ތަކެއް ލައްވާފައެވެ. މިފަދަ ހެޔޮކަންތައްތަކުގެ ތެރެއިން ޞައްޙަކޮށް އައިސްފައިވާ ހެޔޮކަންތައްތަކުގެ ތެރޭގައި ރަމަޟާން މަހުގައި ކުރާ އުމްރާ ހިމެނެއެވެ.

އިބްނު ޢައްބާސް رَضِيَ اللهُ عَنْهُمَا ގެ ކިބައިން އައިސްފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ((عُمْرَةٌ فِي رَمَضَانَ تَعْدِلُ حَجَّةً أَوْ حَجَّةً مَعِي)( (متفق عليه) މާނައީ: “ރަމަޟާންމަހުގެ ޢުމްރާއެއް (ޘަވާބުގެ ގޮތުން) ޙައްޖަކާ ނުވަތަ ތިމަންކަލޭގެފާނާއެކު ކުރާ ޙައްޖަކާ އެއްވަރުވެގެންވެއެވެ.”