އިންޑިއާގެ ޓީވީ ތަރި އުރްފީ ޖާވިދް އަޅާ ހެދުމުގެ ސަބަބުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކާ ނުރުހުން އަމާޒުވެފައިވާއިރު، ހެދުން އަޅާ ގޮތް ބަދަލުކުރަން ނިންމާފައިވާކަމަށް އުރްފީ ބުނެފިއެވެ.
ނިވާކަން ކުޑަ ހެދުން އަޅަމުން އަންނަ އުރްފީ މީގެކުރިން ބުނީ އެ ގޮތަށް ހެދުން އަޅައިގެން އުޅެނީ އެލާޖިކެއްގެ ސަބަބުން ހަންގަނޑު ހަލާކުވާތީކަމަށެވެ. މިކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑިކިޔުންތަކެއް އުރްފީއަށް އަމާޒުވެފައިވާއިރު އޭނާ މި ވަނީ އެންމެ ފަހުން މައާފަށް އެދި ހެދުން އަޅާ ގޮތް ބަދަލުކުރާނެކަމަށް ބުނެފައެވެ.
“އަހަރެން އަޅާ ހެދުމުގެ ސަބަބުން އެހެން މީހުންނަށް އުދަގޫވާނަމަ މައާފަށް އެދެން. ދެން މީގެ ފަހުން ހެދުން އަޅާ ގޮތް ބަދަލުކުރާނަން. ބަދަލުކޮށްފިން” އުރްފީކުރި ޓުވިޓެއްގައި ވަނީ ބުނެފައެވެ.
އުރްފީ ފެނިގެން ދިޔަ ޑްރާމާތަކުގެ ތެރޭގައި ‘މޭރީ ދުރްގާ’ އަދި ‘ކަސައުޓި ޒިންދަގީކޭ 2’ ފަދަ ޑްރާމަތައް ހިމެނެއެވެ.