English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން މިއުވާން މުހައްމަދު ވަނީ މިކަން ރާއްޖޭގެ މީޑިއާތަަކަށް ޔަގީންކޮށްދެއްވާފަ އެވެ.

އެހެންނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޝިފާޒު މަގާމުން ވަކިކޮށްފައިވާއިރު، އޭނާއަކީ ރައީސް ނަޝީދު ހިންގަވާ ‘ފިކުރެއްގެ ދިރުން’ ހަރަކާތުގައި އުޅުއްވާ ބޭފުޅެކެވެ.

ރައީސް ނަޝީދުގެ ފެންޝަންގައި ހިމެނޭ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.