English Edition
Dhivehi Edition

ފުޓްބޯޅަ އަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާހިތްވާ އަދި ބަލާ އެއް ކުޅިވަރެވެ. ދުނިޔޭގައި އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް ލޯބި ކުރާ ކުޅިވަރަކީވެސް ފުޓްބޯޅަ އެވެ. ފަހަކަށް އައިސް ދުނިޔޭގައި ފުޓްބޯޅަ ބަލާ މީހުން އިތުރު ވުމުގެ އެންމެ ބޮޑު ސަބަބެއްކަމުގައި ދިރާސާވެރިންގެ ދިރާސާތަކުން ދައްކަނީ އާޖެންޓީނާ ފޯވާޑް ލިއޮނެލް މެސީ އާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރޮނާލްޑޯ އާއި މެސީގެ ވާދަވެރިކަން ދުނިޔޭގެ ފުޓްބޯޅައިގައި ގަދަވި ހިސާބުން ދުނިޔޭގައި ފުޓުބޮޅަ އަށް ލޯބިކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވިއިރު، މެސީ އާއި ރޮނާލްޑޯ ކުޅޭ މެޗުތައް ބެލުމަށް ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ލޯބިކުރެއެވެ. ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ސަޕޯޓަރުން ގިނަ ކުޅިވަރަކީ ފުޓްބޯޅައަށް ވާއިރު، މެސީ އާއި ރޮނާލްޑޯ އަކީ ދުނިޔޭގައި އެންމެ ސަޕޯޓަރުން ގިނަ ދެ ކުޅުންތެރިންވެސް މެއެވެ.

ކަން މިހެން އޮތް އިރު، މި މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ ރޭގައި ޔޫރޯ ކޮލިފައިންގައި ކުޅުނު ރޮނާލްޑޯގެ ޕޯޗުގަލް އާއި ލިޗްޓެންސްޓައިން ބައްދަލުކުރި މެޗު ވެގެން ގޮސްފައިވަނީ މި އަހަރު، 2023 ވަނަ އަހަރު މިހާތަނަށް ކުޅުނު އެންމެ ގިނަ ބަޔަކު ބެލިކަމުހެ ރެކޯޑް އޮތް ފުޓްބޯޅަ މެޗަށެވެ. ޕޯޗުގަލް އަދި ލިޗްޓެންސްޓައިން ބައްދަލުކުރި މި މެޗު 4.1 މިލިއަން ބަލާފައިވާ ކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. މިއީ މި އަހަރުގެ މިހާތަނަށް ފުޓްބޯޅަ މެޗެއް މިހާ ގިނަ އަދަދެއްގެ ބަޔަކު ބެލި ފުރަތަމަ ފަހަރެވެ.

މި މެޗުގައި ރޮނާލްޑޯ ދެ ގޯލު ޖަހާފައިވާއިރު، މި މެޗުން ޕޯޗުގަލް މޮޅުވެފައިވަނީ 0-4 ގެ ނަތީޖާއިންނެވެ.