English Edition
Dhivehi Edition
ފޮޓޯ: އެމްއެންޕީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓު ހަވާލުކުރާ ތާރީޚު އިޢުލާން ކޮށްފި އެވެ.

އެ ޕާޓީން ބުނީ ރިޔާސީ ކެޑިޑޭޓަށް ރަސްމީކޮށް ޕާޓީގެ ޓިކެޓު ހަވާލުކުރުމުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މެއި މަހުގެ 5 ވަނަ ދުވަހު ކަމަށެވެ.

އެގޮތަށް ނިންމީ އެމްއެންޕީގެ ހިންގާ ޤައުމީ ކައުސިލުގެ ތިންވަނަ ބައްދަލުވުމައި ކަމަށާއި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ކަމަށް ވެސް އެމްއެންޕީ އިން ބުނެއެވެ.

އެމްއެންޕީ އިން ބުނީ ރިޔާސީ ކެޑިޑޭޓަށް ޕާޓީ ޓިކެޓް ހަވާލުކުރާ ޖަލްސާގެ ހުރިހާ އިންތިޒާމުތަކެއް ހިންގާ ބަލަހައްޓާނީ އެމްއެންޕީގެ ނާއިބް ރައިސް ހުސޭން އިސްމާއިލް ކަމަށް ވެސް ރިޔާސަތުން ވަނީ އިއުލާނުކޮށްފައި ކަަމށެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓު ލިބިފައިވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށެވެ. އެއީ ކެޑިޑޭޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވީ އޭނާ އެކަނި ކަމަށްވާތީ އެވެ.