English Edition
Dhivehi Edition

ލޮބުވެތި އަޚުންނޭވެ. ބަރަކާތާއި ފުއްސެވުމުގެ މަތިވެރި މައްސަރު ކަމުގައިވާ ރަމަޟާން މަސް ފެށެން ދެން އޮތީ ދެތިން ދުވަހެވެ. މިއީ ކޮންމެ އަހަރަކު އެއްފަހަރު އަހަރެމެންނާއި ބައްދަލުކުރާ ރަޙުމަތުން ފުރިގެންވާ ނަސީބުގެ މައްސަރެވެ. ދިރިތިބީންނަށެވެ. ހެޔޮހާލުގައި މި މަހާއި ބައްދަލުކުރުމުގެ ފުރުސަތު ލިބޭ ކޮންމެ މުސްލިމަކަށް ރަނުގެ ފުރުސަތެކެވެ. ނަގައި ނުލާށެވެ.

ބަރަކާތުގެ މައްސަރު ކަމުގައިވާ ރަމަޟާން މަހަކީ ނުބައި ވެގެންވާ ފާފަތައް ކުރެވިފައިވާ ނަފުސުތަކަށް އެ ފާފަތަކުން ތާހިރުވެލަން މާތް ﷲ ދެއްވާ ރަނުގެ ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އަޒުމަ ކަނދައަލަމާތޯއެވެ. ފުއްސެވުމާ އި ދިންނެވުމަށެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގެތަކާއި މިސްކިތްތައް ޒީނަތްތެރިކުރާ ފަދައިން އަހަރެމެންގެ ނަފްސުތައް ވެސް ހެޔޮކަންތައްތަކަށް ހާނުވައި، ފާފަތަކުންނާއި، މުންކަރާތްތަކުން ދުރުހެލިކުރުވަން ޖެހެއެވެ.

ބަރަކާތްތެރި ރަމަޟާންމަހަށް ނަފުސުތައް ތައްޔާރުވާން ޖެހެއެވެ. އަދި އެ މަހުގެ ބަރަކާތްތެރިކަން ލިބިގަތުމަށްޓަކައި މާއްދީ ގޮތުންނާއި ރޫހާނީ ގޮތުން ވެސް ތައްޔާރުވާން ޖެހެއެވެ. އެގޮތުން އެންމެހައި ފާފަތަކުންނާއި، މުންކަރާތްތަކުން ދުރުހެލިކުރަން ޖެހެއެވެ. އެއީ މި ބަރަކާތްތެރި މައްސަރުގެ ހަގީގީ މަގުސަދު ހާސިލުކުރުމަށެވެ. މިމަހުގެ ދުވަސްތަކާއި ރޭތަކުގެ ހެޔޮ ގޮތުގައި ހިފައި، ދުނިޔެއާއި، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށްޓަކައެވެ. ރަމަޟާން މަހަކީ ހެޔޮ އަމަލުކޮށް، ހެޔޮކަންތައްތައް ލިބިގަތުމުގެ މޫސުމެވެ.

ރަސޫލު ﷲ ސއވ. ހަދީޘް ކުރައްވާފައިވެއެވެ. ހަމަކަށަވަރުން (ރަމަަޟާން މަހުގެ) ކޮންމެ ރެއަކާއި ދުވާލަކު ނަރަކައިން އަޅުން މުއްތި ކުރައްވައެވެ.” މައްސަރުގެ ފުރިހަމަ ދަރުމަ ލިބިގަނެ، އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރެވޭނެ ގޮތަށް، ކަންތައްތައް ރާވަން ޖެހެއެވެ. އާދައިގެ ގޮތުގައި ކުރަމުންދާ ބައެއް ކަންތައް ފަހަތަށް ޖައްސައިލައިފައެވެ. ހަމަ މި ބީދައިން މި ބަރަކާތްތެރި ރަމަޟާން މަހުގެ ޘަވާބު ފުރިހަމަގޮތުގައި ހޯދުމަށްޓަކައި ތައްޔާރީތަކެއް ވާން އެބަޖެހެއެވެ.

ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރެވެ. ކީރިތި ޤުރްއާން ބާވައި ލެއްވުނީ މި ބަރަކާތްތެރި މައްސަރުގައެވެ. އެހެންކަމުން މި ޤުރްއާނަށް ޚާއްޞަ ސަމާލުކަމެއް ދީ، ކީރިތި ޤުރްއާން ކިޔެވުމުގައި ވަގުތު ހޭދަ ކުރަން ޖެހެއެވެ.

ރަސޫލު ﷲ ސއވ. ގެ ބަސްފުޅެއްގެ މާނާގައި ވެއެވެ. “ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެރޭ ނުބައި ނުލަފާ ޖިންނި ޝައިޠާނުން ކަސްތޮޅު އެޅުއްވޭ ހުއްޓެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެއްވޭ ހުއްޓެވެ. އަދި ރަމަޟާންމަހުގައި އެއިން އެއްވެސް ދޮރެއް ނުހުޅުވޭ ހުއްޓެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވޭހުއްޓެވެ. އަދި އެމަހުގައި ސުވަރުގޭގެ އެއްވެސް ދޮރުކޮޅެއް ބަންދު ނުކުރެއްވޭ ހުއްޓެވެ. އަދި ނިދާ އިއްވަވާ ބޭކަލަކު ނިދާ އިއްވަވާ ހުއްޓެވެ! އޭ ހެޔޮކަންތަކަށް އެދޭ މީހާއެވެ! ހެޔޮ ކަންތަކާވީ ފަރާތަށް އަވަސްވެގަންނާށެވެ! އަދި އޭ ނުބައިކަންތައްކުރާ މީހާއެވެ! ނުބައިކަންތައް ކުރުމުން ދުރުވެގަންނާށެވެ! އަދި ރަމަޟާންމަހުގެ ކޮންމެ ރެއަކު ނަރަކައިން މުއްތިކުރައްވާ މީހުންތަކެއް ﷲ އަށް ވެއެވެ.”

ބަރަކާތްތެރި ރަމަޟާން މަހުގެ މާތްކަން ބަޔާން ކުރައްވައި ރަސޫލުﷲ ޙަދީޘް ކުރައްވާފައި ވެއެވެ. ހަމަކަށަވަރުން ސުވަރުގޭގައި “އައްރައްޔާނު” ނަމަކަށް ކިޔާ ދޮރުކޮޅެއްވެއެވެ. ގިޔާމަތްދުވަހު އެ ދޮރުކޮޅުން ސުވަރުގެ ވަންނަ ހުށީ ހަމައެކަނި ރޯދަވެރިންނެވެ. އެހެން އެއްވެސް މީހަކު އެ މީހުންނާއެކު އެ ދޮރުކޮޅުން ނުވަންނަ ހުއްޓެވެ. ނިދާ އިއްވެވޭނެއެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ ދެން ފަހެ އެމީހުންގެ އެންމެ ފަހު މީހާ ވަދެ ނިމުމުން އެ ދޮރުކޮޅު ބަންދުކުރެވޭ ހުއްޓެވެ،