English Edition
Dhivehi Edition

އިދިކޮޅު ކޯލިޝަނުން މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން އެކަށީގެން ނުވާ ވަރަށް ބާރުގެ ބޭނުންކުރަމުންދާ މައްސަލަ އެމްނެސްޓީ އިންޓަނޭޝަނަލް އިން ކުށްވެރިކޮށްފިއެވެ.

އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުންކުރަމުންދާތީ ކަންބޮޑުވުންފާޅުކޮށް އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައިވަނީ މި މައްސަލަ މިނިވަން ފަރާތަކުން ތަހުގީގުކުރުމަށް ގޮވާލާފައެވެ. މީގެ އިތުރުން އެ ޖަމިއްޔާއިން ފުލުހުންގެ އަމަލުތައް ކުށްވެރިކޮށް، ވަނީ ސުލްހަވެރި މި މުޒާހަރާތަކުގައި ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށްވެސް ގޮވާލާފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދާ އިހްތިޖާޖު ތަކަށް ފުލުހުން ހުރަސް އެޅި ނަމަވެސް އެ މަނިކުފާނު މިނިވަން ކުރުމުން ނޫނީ އިހްތިޖާޖުތައް ނުހުއްޓާނެ ކަމަށް އިދިކޮޅުން ޕީޕީއެމް ޕީއެންސީ އިން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

ޓެގު