English Edition
Dhivehi Edition

ގއ.ކޮލަމާފުށީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ކޮލަމާފުށީގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ރަށުގައި ހުންނަ ޕްރިންޓު ކުރުމަށް ބޭނުން ކުރާ އިމާރާތެއްގައެވެ. މި އިމާރާތުގައި ރޯވެ އަލިފާނުގެ ދާދިސާއެއް ހިނގާފައި ވާއިރު، ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން އެ އިމާރާތުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ އަދި މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުން ދާކަމަށް އެ ފަރާތުން މަޢުލޫމާތު ދެއެވެ.