English Edition
Dhivehi Edition

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ “ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ ޓޯނަމެންޓް’ ގެ ފައިނަލްގެ ފުރަތަމަ ޖާގަ މީދޫ ވޮލީ ޓީމުން ހޯދައިފިއެވެ

މިއަދު ހަވީރު ފުވައްމުލަކު ދިގުވާޑު ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އަފުން ޓީމާއި ބައްދަލުކޮށް މީދޫ ވޮލީ ޓީމުން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މީދޫ ވޮލީ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓު 16-25 އިން މީދޫ ޓީމުން ކާމިޔާބުކޮށްފައިވާއިރު ދެވަނަ ސެޓު ކާމިޔާބުކުރީ 15-25 އިންނެވެ. މެޗުގެ ތިންވަނަ ސެޓު ކާމިޔާބުކުރުމަށްޓަކައި އަފުން ޓީމުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މި ސެޓު މީދޫ ވޮލީ ޓީމުން ކާމިޔާބުކުރީ 22-25 އިންނެވެ

މެޗަށްފަހު މީދޫ ވޮލީ ޓީމުގެ ކޯޗު ބުނެފައިވަނީ ޓީމުގެ ކުޅުން ކުރިއަށް ދިޔައީ ޕްލޭނާއި އެއްގޮތަށް ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމުގައެވެ. އަފުންޓީމުގެ ކޯޗު ބުނެފައިވަނީ ޓީމު ބަލިވެގެން ދިޔައީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް ނުކުޅެވުމުގެ ސަބަބުންކަމުގައާއި ކުރިއަށް އޮތް މެޗު ކާމިޔާބުކުރުމަށް މަސައްކަތްކުރާނެ ކަމުގައެވެ