އެސް.ޓީ.އޯ ވީކެންޑް ފިއެސްޓާ ފަށައިފިއެވެ.
މި ފިއެސްޓާ ފަށާފައިވަނީ ބޮޑެތި ޑިސްކައުންޓާވެސް އެކުގައެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ރަމަޟާން ބާޒާރާއި ގުޅުވައި، އެސް.ޓީ.އޯ ޕީޕަލްސް ޗޮއިސްގައި، ކޮންމެ ހަފްތާ ބަންދެއްގައެވެ.
މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މިޕްރޮމޯޝަންގެ ދަށުން ޚާއްސަ ޑިސްކައުޓްތައް ލިބޭނެކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި އެސް.ޓީ.އޯ ޕީޕަލްސް ޗޮއިސްގައި ރެކްލީސްކުރައްވައިގެން ވިޔަފާރިކުރައްވާ ފަރާތްތަކުން ވެސް މި ފިއެސްޓާގެ ތެރެއިން ޚާއްސަ ޑިސްކައުންޓްތައް ލިބޭނެކަމަށް ބުންޏެވެ.
އެސްޓީއޯ އިން އިތުރަށް ބުނީ މިޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި، އެސް.ޓީ.އޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ހޯމް އެޕަލައަންސް ބައްލަވައިގަތުމަށް ހޭދަކުރައްވާ ކޮންމެ 1000 ރުފިޔާއަކާއެކު އިނާމެއް ލިބުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.
މީގެ އިތުރުން ކޮންމެ ހަފްތާ ބަންދަކު ކުރިއަށްގެންދާ މި ފިއެސްޓާގައި ކޮންމެ ދުވަހެއްގެ ހަވީރު ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށާއި ރޭގަނޑު ފްރީ ޓޭސްޓިންގ ކުރިޔަށްދާނެކަމަށް ވެސް ބުނެއެވެ.
ބޮޑެތި އިނާމްތަކަކާއެކު އެސް.ޓީ.އޯ ރަމަޟާން ބާޒާރު ފަށާއިފައި ވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. އެސް.ޓީ.އޯ ޕީޕަލްސް ޗޮއިސްއާއި، ރީޖަނަލް ފިހާރަތަކުގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ 22 ޖަނަވަރީ އިން 29 އެޕްރީލްގެ ނިޔަލަށެވެ. އެސް.ޓީ.އޯ މަކިޓާ ޝޯރޫމްގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށެވެ. އަދި ނިޕޯން ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށެވެ.