English Edition
Dhivehi Edition

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރެލިގޭޝަން ޒޯނުގެ އެންމެ ފުލުގައި އޮތް އަލް ބާޓިން އާއި ދެކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަޞްރު މިރޭ ނުކުންނާނެއެވެ.

އަލް ނަޞްރު އަދި އަލް ބާޓިން ބައްދަލުކުރާ މި މެޗަކީ މި ސީޒަނުގައި ސައުދީ ލީގުގައި ދެ ޓީމުން ވެސް ކުޅޭ 19 ވަނަ މެޗެވެ.

އަލް ބާޓީން އާއި އަލް ނަޝްރު ސައުދީ ޕްރޮ ލީގުގައި ކުޅެން ފެށީ 2020 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ކުރިން މި ދެޓީމު ވެސް ކުޅެފައިވަނީ ސައުދީ ޕްރިމިއާ ލީގުގައެވެ.

2020 ވަނަ އަހަރު ސައުދީ ޕްރިމިއާ ލީގުން ސައުދީ ޕްރޮފެޝަނަލް ލީގަށް މި ދެޓީމުވެސް ބަދަލުވެ މިހާތަނަށް ފަސް ފަހަރު ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން އެންމެ ފަހަރުކުވެސް އަލް ބާޓިން އަށް އަލް ނަޞްރުއަތުން މޮޅެއް ނުހޯދެއެވެ.

އެންމެ ފަހުން މި ދެޓީމު ބައްދަލު ކުރީ 2022 ވަނަ އަހަރުގައެވެ. އެ މެޗުން އަލް ބާޓީން އާއި ވާދަކޮށް އަލް ނަޞްރު މޮޅުވެފައިވަނީ 0-4 ގެ ނަތީޖާއިންނެވެ.

އަލް ނަޞްރު އަދި އަލް ބާޓިން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 10:30 ގައެވެ.