English Edition
Dhivehi Edition

ޕާކިސްތާނުގެ ޑްރާނާ ސީރީސްތަކުން މަޝްޙޫރުކަން ހޯދާފައިވާ މަޝްހޫރު އެކްޓްރެސް އަދި މޮޑެލް ޒާނިޝް ޚާން އިސްލާމް ދީނަށް ޓަކައި ޓީވީ ކްރީނާއި ދުރަށް ގޮސް މޮޑެލް ކުރުން ހުއްޓާލައިފިއެވެ.

ޕާކިސްތާނުގެ މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޒާނިޝް ޚާން އޭނާގެ ދުވަސްވީ ޓީވީ ޑްރާމާ ތަކާއި މޮޑެލް ކުރުން ހުއްޓާލާ އެކަމުން ދުރުވީ އިސްލާމް ދީނުގައި އެފަދަ ކަންކަމަކީ ހުއްދަކަމަށް ނުވާތީ ކަމަށެވެ. އަދި އިސްލާމް ދީނުގައި ހުއްދަ ނޫން ކަމެއް ކުރަން ބޭނުން ނުވާކަމަށް ޒާނިޝް ޚާން ބުނެފައިވާ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

ޓީވީ ޑްރާމާ ތަކާއި މޮޑެލް ކުރުން ހުއްޓާލިކަން ޒާނިޝް ޚާން އިއުލާން ކުރީ މައްކާއަށް ގޮސް އުމްރާއެއް ކުރުމަށްފަހު އޭނާގެ އިންސްޓަގްރާމުގައި އާންމުކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ޒާނިޝް ޚާން ހިޖާބު އަލާ ނިވާވެގެން ހުރެ މައްކާ ބިމުގައި ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ އިންސްޓަގްރާމުގައި އާންމުކޮށްފައެވެ.

ޑްރާމާ ތަކާއި މޮޑެލް ކުރުން ހުއްޓާލުމަށް ފަހު ޒާނިޝް ވަނީ އޭނާ ކުރިން އިންސްޓަގްރާމުގައި އައުރަ ނިވާ ނުކޮށް ހުރެ ނަގާ އިންސްޓަގްރާމުގައި އާންމު ކޮށްފައިވާ ހުރިހާ މޮޑެލް ފޮޓޯތަށް ވެސް ނަގާފައެވެ. އަދި އޭގެ ފަހުން ޒާނިޝް އިންސްޓަގްރާމުގައި އާންމުކުރަނީ ހިޖާބުވެ ނިވާވެގެން ނަގާފައިވާ ފޮޓޯތައް ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.