English Edition
Dhivehi Edition
ސީއެމްޑީއޭގެ ފަންޑް މެނޭޖްމަންޓް އެންޑް ކަސްޓޯޑިއަލް ސާވިސަސް ޓްރޭނިން ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: މިހާރު

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް (އައިސީޑީއެސް) އިން ހިންގަމުން އަންނަ ޑައިރެކްޓަރޒް ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސީއެމްޑީއޭން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މިފަހަރުގެ ޓްރެއިނިންގ ޕްރޮގްރާމް އޮންނާނީ 14 – 16 މާރިޗު 2023 އަށް ކަމަށާއި، ސެޝަންތައްތައް ކުރިއަށްގެންދާނީ ހެނދުނު 09:00 އިން 16:00 އަށް ކަމަށެވެ.

އެ ޕްރޮގްރާމަކީ ބޯޑު ޑިރެކްޓަރުންނާއި މިދާރިއާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ފީގެ ގޮތުގައި 1،800ރ. ނެގުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމަށް ނެގުމަށް ހަމަޖެހިފައި ވަނީ 30 މީހުންނެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 މާރިޗު 2023ގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ޕޭމަންޓް ސްލިޕް އަދި އައީ.ޑީ.ކާޑްގެ ކޮޕީއަކާއެކު އެ އޮތޯރިޓީއަށް ފޮނުވަންޖެހޭނެއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އެ އޮތޯރިޓީގެ ނަންބަރު 7923151 ނުވަތަ 3014119 ފޯނަށް ގުޅައިގެން ލިބޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.