English Edition
Dhivehi Edition

އައްޑޫސިޓީގެ ރިސޯޓެއް ކަމަށްވާ ކެނެރީފް ރިސޯޓް މޯލްޑިވްސް އިން ފިތުރު އީދަށް ޚާއްޞަ އޮފަރ އެއް ތައާރަފްކޮށްފިއެވެ. މި އޮފާގެ ދަށުން ދެ މީހަކަށް އެއް ރޭ، ރިސޯޓްގެ ވިލާއެއްގައި 99 ޑޮލަރަށް ތިބެވޭނެއެވެ. އަދި ރޭގަނޑުގެ ކެއުމާއި ހެނދުނުގެ ސައި ވެސް މި ޕެކޭޖްގައި ހިމެނެއެވެ. އީދާ ދިމާކޮށް ހުޅުވާލި މި އޮފަރ ކުރިއަށް ދާނީ މި މަހުގެ 25 އިން ފެށިގެން އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ކަމަށް ކެނެރީފުން ބުނެއެވެ. އޮފަރ ގެ ދަށުން ބުކިންސް ހަދާލަން ބޭނުން ވާ ފަރާތްތަކުން 6896677 އަށް ގުޅުމުން އެކަން ހަމަޖެހޭނެއެވެ. އީދު ބަންދު ތަކާ ދިމާކޮށް ކެނެރީފުން ހުޅުވާލާ މިފަދަ އޮފަރ ތަކުގައި އައްޑޫގެ ގިނަ ބަޔަކު ރިސޯޓުގައި ޗުއްޓީ ހޭދަކުރާކަމަށް ކެނެރީފުން ބުނެއެވެ. މީގެ ކުރިން “ހެރެތެރަ އައިލެންޑް ރިސޯޓް” ގެ ނަމުގައި ހިންގަމުން ގެންދިޔަ މި ރިސޯޓަކީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ “ކްރެސެންޑާސް ހޮސްޕިޓަލިޓީ މެނޭޖްމެންޓް” އާ ދިވެހި ކުންފުންޏެއް ހިއްސާވެގެން އައްޑޫ ސިޓީގައި ހިންގަމުން އައި ރިސޯޓެކެވެ. މި ތަނުގެ ނަން “ހެރެތެރަ އައިލެންޑް ރިސޯޓް” އިން “ކެނަރީފް ރިސޯޓް މޯލްޑިވްސް” އަށް ބަދަލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ގާތްގަނޑަކަށް 4.5 ކިލޯމީޓަރުގެ މި ރިސޯޓަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ދިގު ރިސޯޓެވެ. މީގެ ކުރިން މިރިސޯޓް ހިންގަމުން އައިސްފައިވަނީ “މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން” (އެމްޓީޑީސީ) ގެ ދަށުންނެވެ. ނަމަވެސް 2014 ވަނަ އަހަރު އެ ކުންފުނިން ވަނީ އެ ރިސޯޓް 33.33 މިލިއަން ޑޮލަރު ނުވަތަ 513 މިލިއަން ރުފިޔާއަށް ވިއްކާލާފައެވެ.