English Edition
Dhivehi Edition

އޮކްޓޯބަރު މަހު 31 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއަރ ކުރި، ކްރިސްޓަލް އެންޓަޓެއިންމެންޓުގެ ފިލްމު ‘ ބޮސް’ގެ އައްޑޫ ސިޓީ ހުޅުދޫގައި އެޅުވުމަށް ހަމަޖެހިފައިވާ ޝޯގެ ޓިކެޓަށް ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ

ނޮވެމްބަރު 20 ވަނަ ދުވަހު ހުޅުދޫ ނަސްރިއްޔާ ޕްރީ ސްކޫލުގައި އެޅުވުމަށް ހަމަޖެހިފައިވާ މި ޝޯގެ ޓިކެޓަށް ނޯޓް ކުރާ ފަރާތްތަކަށް 16 ނޮވެމްބަރު ގައި ގުޅައި މައުލޫމާތު ހިއްސާ ކުރާނެކަމަށް ހުޅުދޫގައި ފިލްމު އެޅުވުމަށް ހަވާލުވެފައިވާ ފަރާތުންވަނީ ބުނެފައެވެ. މިއަދުން ފެށިގެން ޓިކެޓަށް ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ފިލްމުގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ. ޓިކެޓު ހޯދަން ބޭނުންވާ ފަރާތްތަކުން 7449339، 7545222 އަށް ގުޅުމުން މައުލޫމާތު ލިބިގެންދާނެކަމަށް ފިލްމް އަޅުވާ ޓީމްގެ ފަރާތުންވަނީ ބުނެފައެވެ

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރު، ފާތިމަތު ނަހްލާގެ އަމިއްލަ ވާހަކައަކަށް އުފައްދާފައިވާ ފިލްމު “ބޮސް” އަށް އައްޑޫ ސިޓީއިން ބޮޑު ތަރުހީބެއް ލިބެމުންދާއިރު މަރަދޫ ބޮޑޮގޭގައި “ބޮސް” ގެ ޝޯތައް މި މަހުގެ 16އިން 20 އަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ

ކާމިޔާބު ފިލްމީ ތަރި އައިޝަތު ރިޝްމީ ރަމީޒް ޑައިރެކްޓްކޮށް، މަރިޔަމް އައްޒަ އާއި މުހައްމަދު ޔުނާން ލީޑުރޯލުން ފެނިގެންދާ އަސަރު ގަދަ މި ފިލްމުގެ ހައުސްފުލް 10 ޝޯ ދައްކާފައިވާއިރު މާލޭން ބޭރުގައި މިހާތަނަށް ދެއްކި ހުރިހާ ޝޯއެއްވެސް ކުރިއަށް ދިޔައީ 100 ޕަސެންޓް ފުލްކޮށެވެ