English Edition
Dhivehi Edition

ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން އައްޑޫ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު (25އ)އެވެ.

ފުލުހުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ، މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ފުލުހުން ވަނީ ފައިޙް އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓަމްންޓްގެ ނަންބަރު 9911099 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާ ކުރުމާށް ފުލުހުން އެދިފައެވެ.

ޓެގު