މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޖަގަހައެއް ކ. ގުރައިދޫގައި ހުޅުވައިފި އެވެ.
ގުރައިދޫގައި ބޭއްވުނު ރަސްމިއްޔާތުގައި މިޖަގަހަ ހުޅުވައިދެއްވީ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް އެވެ.
މިއީ ޕާޓީގެ ސެންޓްރަލް ރީޖަންގައި އަދި ކ. އަތޮޅުގައި ހުޅުވުނު ފުރަތަމަ ޖަގަހަ އެވެ.
މިރަސްމިއްޔާތުގައި އެމްއެންޕީގެ ކ. ގުރައިދޫ ޖަގަހަ ހުޅުވުއިދެއްވުމަށް ފަހު ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
ޕާޓީގެ ރައީސް މުޙައްމަދު ނާޒިމްގެ ވާހަކައިގައި ފާހަގަކުރެއްވި ގޮތުގައި މިރޭ އެމްއެންޕީ ކ. ގުރައިދޫ ޖަގަހަ ހުޅުވުމާއެކު، މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އެމްއެންޕީގެ ހަރަކާތްތައް ހިންގުމާއި، ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް މިރަށުގައި ހަލުވި ދުވެލީގައި ކުރެވިގެންދާނެ އެވެ. އަދި ޕާޓީގެ އެކި ހަރަކާތްތަކާއި ކެމްޕޭންގެ މަސަކަތްތައްވެސް މިޖަގަހައިގައި ކުރިޔަށްދާނެ ކަމުގަ އެވެ.
އެމްއެންޕީ ކ. ގުރައިދޫ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕާޓީގެ ރައީސް މުޙައްމަދު ނާޒިމްގެ އިތުރުން، ލީޑަރޝިޕްގެ ފަރާތުން ނާއިބު ރައީސް ޢަބްދުﷲ ރިޔާޟް، މިރްފަތު އިސްމާޢީލް ޝަފީޤް، ޙުސައިން އިސްމާޢީލް އަދި މުޙައްމަދު ޝިހާބު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އޭގެ އިތުރުން ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުނާއި ޕާޓީއަށް ހެޔޮ އެދޭ ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ.
މިޖަގަހަ ހުންނަނީ ކ. ގުރައިދޫ، ފިޔާތޮށިގޭގަ އެވެ.